އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ފަސިންޖަރުން ޗެކިން ވާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފި އެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓުގެ އާ ޓާމިނަލާ ގުޅޭ މަގުތަކުގެ މަސައްކަތްކުރާތީ އާއި ގިނަ ބަޔަކު ފުރަން ދާތީ މިއަދަކީ އެ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށާއި އެހެންކަމުން ފަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
Due to ongoing roadworks and heavy passenger traffic around Velana International Airport, we advise all travelers to arrive at the airport early as per their airline's recommended check-in time. Our teams are on-site to assist and ensure a smooth airport experience. pic.twitter.com/Y6cFKEMGOL
— Maldives Airports Company Ltd (@MACLmedia) June 4, 2025
އެއާޕޯޓަށް ބާރުބޮޑުވެފައިވާއިރު، އީދު ބަންދާ ދިމާކޮށް މިއަދާއި މާދަމާ ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ފުރާނެކަމަށް ލަފާކުރެވެއެވެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، އީދު ބަންދަށް މިފަހަރު ފަސް ދުވަހުގެ ބަންދެއް ލިބެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް