މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު ސްވިޒަލޭންޑްގެ ޖެނީވާއަށް ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ އަދި ޕަރމަނަންޓް ރިޕްރެޒެންޓޭޓިވް އޮފް ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް ،ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން)، ހަރ އެކްސެލެންސީ، ޑރ. ސަލްމާ ރަޝީދާއި ބައްދަލުކުރައްވައިފައެވެ.
ވަޒީރު، އެމްބެސެޑަރ ސަލްމާއާއި ބައްދަލުކުރެއްވީ ސްވިޒަލޭންޑަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅަކީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ)ގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރަންސްގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
Minister Dr. Ali Haidar Ahmed met with H.E. Dr. Salma Rasheed, the Permanent Representative of the Republic of Maldives to the United Nations Office in Geneva, at @MDVinGeneva. Minister is in Geneva for the International Labour Conference. #ILC2025 #Maldives pic.twitter.com/rCqPbb2VvD
— Min. of Higher Edu, Labour and Skills Development (@MoHEmv) June 3, 2025
ޖުމްލަ 187 ޤައުމަކުން ބައިވެރިވާ މި ކޮންފަރަންސަކީ މަސައްކަތުގެ މާހަޢުލުގައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މުވައްޒަފުންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ކޮންފެރެންސެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް