އަންހެނުންނަށް ޚާއްސަކޮށް ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމްކަމުގައިވާ 'ފަށާ މަދަދު ލޯނު' އަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވަހި މިމަހު 15ގައި ފަށާނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން އިއުލާންކޮށްފިއެވެ.
މި ލޯނުގެ ތެރެއިން 25 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ބައެއް ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ. އަދި މި ލޯނު އެންމެ ފުރަތަމަ ފަހަރަށް ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތިނެއްގައެވެ. އެ ފަހަރު 60 މީހަކަށް ލޯނު ދިން ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ތައާރަފުކުރި މި ލޯނު ސްކީމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ދޭ ލޯނެކެވެ.
ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް… pic.twitter.com/xfPm55UH57
— Ministry of Social and Family Development (@MSFDmv) June 1, 2025
އެ ލޯނާ ގުޅޭ ގޮތުން އެސްޑީއެފްސީން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ލޯނަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭނެއެވެ.
އެ ލޯނު ދެނީ އަހަރަކު ހަ އިންސައްތައިގެ އިންޓްރެސްޓާއެކު ކަމަށްވާއިރު، ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދީ، އަނބުރާ ދައްކަން ހަތް އަހަރު ދެވޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް