ޙައްޖު ދުވަހާއި ޢީދާ ގުޅިގެން މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ބަންދުވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،
މިއަހަރުގެ ޙަައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހަށް ކަމުގައި ސައުދީ ޢަރަބިއްޔާއިން ކަނޑައެޅުމާ ގުޅިގެން، ޙައްޖު ދުވަހާއި އަޟްހާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.
މިއަހަރުގެ ޙަައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސަޢޫދީޢަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން ދަންނަވަމެވެ. ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކެވެ.
— Heena Waleed (@MvSpokesperson) May 28, 2025
ކަލަންޑަރުން ދައްކައި ގޮތުގައި އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި 7 ޖޫން ވާ ހޮނިހިރު ދުވަހުގެ އިތުރުން ދެން ބަންދު ވަނީ 8 އަދި 9 ޖޫން (އާދީއްތަ އަދި ހޯމަ) ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން ވެސް ރޭގައި އިއުލާނު ކޮށްފައިވާ ގޮތުގައި މިއަހަރުގެ ޙައްޖު ދުވަސް (އަރަފާތު ދުވަސް) ވަނީ އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހަށެވެ. އަދި އަޟްހާ ޢީދު ދުވަހަށް ވަނީ ޖޫން 6 ވާ ހުކުރު ދުވަހެވެ. މިއީ ކަލަންޑަރުގައި ވެސް ފާހަގަ ކޮށްފައިވާ ގޮތެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް