ހުޅުމާލެ ފޭސް 1 ގައި މިރޭ ހަވާއަރުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗުގައި މިރޭ 20:00ގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފަ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާ އިރު.
— Maldives National Defence Force (@MNDF_Official) May 28, 2025
ހަވާ އަރުވާނީ ހުޅުމާލެ ފޭސް 1 ގެ ރިވެލި ބީޗުގައި މިރޭ 20:00 ގައިކަމަށާއި މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓް ވަންދެންކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް