ވޮލީބޯޅަ ރެފްރީން ތަމްރީން ކުރުމުގެ ޚާއްޞަ ޕްރޮގުރާމެއް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިއީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް ކުރިއެރުވުމުގެ ގޮތުން އެ ވުޒާރާއިން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ.
މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 24ގެ ނިޔަލަށް ކުރިއަށްދާ މި ކޯހަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ޕުރޮގުރާމުގައި ޚާއްޞަ 19 ބައިވެރިން ބައިވެރިވިއެވެ.
The Maldives National Institute of Sports (MNIS), in a collaboration with the Volleyball Association of Maldives, has today inaugurated the National Volleyball Referees Training Course.
We are pleased to welcome 19 dedicated participants to this vital national training program.… pic.twitter.com/PtdC0en6IO— Ministry of Sports, Fitness and Recreation (@MoSFR_mv) May 26, 2025
ކޯސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ފަޒްލާ ވަނީ ޤައުމުގައި ވޮލީބޯޅައިގެ އަސާސީ ތަރައްޤީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޤައުމީ އިސްނެގުމެއްގެ ތެރެއިން ރެފްރީން ތަމްރީނު ކުރުމުގެ އިސްތިރާޖީ މުހިންމުކަމަށް އަލިއަޅުއްވާލައްވައިފައެވެ.
މި ތަމްރީނު ކޯހުގައި ވޮލީބޯޅަ ރެފްރީސް ކޮމިޝަންގެ ޗެއާޕާސަން އަލްފާޟިލް ޙުސައިން ހަމީދާއި އެމަނިކުފާނުގެ ޓީމާއެކު ހުންނަވާނެއެވެ. މިއީ ޤައުމީ ފެންވަރެއްގައި އޮފިޝަލް ކުރުމަށް ބޭނުންވާ މުހިންމު ޢިލްމާއި ހުނަރު ބައިވެރިންނަށް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕުރޮގުރާމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް