މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.
ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ އިމްތިފާލުތައް ބާއްވާނެ ރަށްކަނޑައަޅާއިރު ބަލާނެ ކަންތައްތަކުގެ ތެރޭގައި.
- ގައުމީ ފެންވަރުގައި، ފާހަގަ ކުރާ ދުވަހެއް ހަމަ އެ އަހަރު އެރަށުގައި ފާހަގަ ކުރާ ރަށަކަށް ނުވުން
- މަސްވެރިންގެ ދުވަސް މީގެ ކުރިން ބާއްވާފައިވާ ރަށެއްގައި ދެވަނަ، ފަހަރަށް މަސްވެރިންގެ ދުވަސް. ބޭއްވުމަށް އެދިފައިވާނަމަ، އެރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު، ވެފައިވުން
- މުނާޞަބަތުތައް ބޭއްވުމަށް އެރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު
- އުމްރާނީގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލް
- އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި، ދުވަހާއި، ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެޙުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ، އިންތިޒާމްތައް ރޭވިފައިވާ ގޮތާއި އެކަން ކުރުމުގެ، ޤާބިލްކަން ހުރި ނެތް މިންވަރާއި ރަށަށް ޒިޔާރަތްކުރައްވާ މެހެމާނުން ތިއްބެވުމަށް، ހަމަޖައްސަވާފައިވާ އިންތިޒާމުތައް
- މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށަކުން ކުރުމަށް ހުށަހަޅާ ކަންކަން
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެރަށަކީ މަސްވެރި ރަށެއްކަމުގައި ބަލާނެ އެވެ. މަސްވެރި ރަށެއް ކަމުގައި ބެލުމުގައި، އެރަށެއްގައި، ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިންގެ ޢަދަދާއި، މަސްވެރި، އުޅަނދުފަހަރުގެ ޢަދަދަށްވެސް ބަލާނެ އެވެ.
އެހެންވީމާ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށްއެދޭ ފޯމު 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00ކުރިން މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ، އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމް އާއިގުޅިގެން، އެއްވެސް، މަޢުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މިނިސްޓްރީއާއި (3339274) ގުޅައިގެން ކުރިއަށްގެންދިއުން އެދެމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް