ނަރުހުން ހަދާފައިވާ ދިރާސާތައް ހުށައެޅުމަށް "ސާސްތުރަ" ނަމުގައި ޚާއްސަ ކޮންފަރެންސެއް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްއިން ބާއްވައިފިއެވެ.
މި ކޮންފަރެންސްގައި 7 ނަރުހަކު ދިރާސީ ހުށައެޅުންތައް ހުށައަޅާފައިވާއިރު، މި ކޮންފަރެންސް ގެ މަޤްޞަދަކީ ނަރުހުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.
We're thrilled to introduce 'SAASTHURA,' the first dedicated national nursing research disseminating platform, established by the MCGH Nursing Steering Committee. This open platform is designed to enhance nursing practices through evidence-based approaches. The launch featured… pic.twitter.com/GYPVH1ze5o
— IGMH (@igmhmv) May 26, 2025
ސާސްތުރަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ، ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ ޢުޘްމާން އެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ ވަނީ ކޮންފަރެންސްގެ ސަބަބުން ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދެނެގަނެވިފައިވާ ހައްލުތައް ނަރުހުންގެ ޚިދުމަތުގައި ބޭނުންކުރުމުގެ މަގު ފަހިވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ނަރުހުން ޚިދުމަތް ދިނުމުގައި ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ޕޭޝަންޓް-ސެންޓަރޑް ނިޒާމަކަށް ފަރުވާ ދިނުން ބައްޓަންކުރަންޖެހޭކަަމަށާއި ވަޞީލަތްތަކާއި މުވައްޒަފުން މަދުވި ނަމަވެސް، ފުރިހަމަކަމާއެކު ޚިދުމަތް ދެވޭނެ މަގުތައް ހޯދުމަށް ނަރުހުން މަސައްކަތް ކުރަންޖެހޭކަންވެސް ތަސްލީމާ ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ތެރޭގައި އަލްއުސްތާޒާ ތަސްލީމާ އުސްމާން އާމިނަތު ޝާފިޔާ ، މަރިޔަމް ޝިފާ ، އަދި ނިޔާޒާ އާދަމް ހިމެނެއެވެ. އަދި މި ކޮންފަރެންސްގައި އެމްއެންޔޫގެ ސްކޫލް އޮފް ނަރސިން އަދި ވިލާ ކޮލެޖްގެ ދަރިވަރުން ބައިވެރިވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް