މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)ގެ ޚިދުމަތާއި، ތެލެސީމިއާ ސެންޓަރ އޮރެންޖު ހިޔާއަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
އެގޮތުން، މިއަދު އޮރެންޖު ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މިރަސްމިއްޔާތުގައި މި އިމާރާތުގެ ވޯޑްތަކާއި ދެވޭ ޚިދުމަތްތަކާއި އެހެނިހެން ކަންކަން ރައީސް ވަނީ ބައްލަވާލައްވާފައެވެ.
އޮރެންޖް ހިޔާގައި މިއަދު ބެއްވި މި ރަސްމިއްޔަތުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް ، ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން އަދި އެހެނިގެން ގިނ ަވަޒީރުން ބައިވެރިވަދައިގެންނެވިއެވެ.
President Dr @MMuizzu officially inaugurates the newly primed facility of the National Thalassaemia Centre and the services provided by @MBS_mv at Orange Hiyaa, Hulhumalé.
The wellbeing of thalassaemia patients remains a key priority of the Administration. The establishment of… pic.twitter.com/RaGbAEpsEu
— The President's Office (@presidencymv) May 25, 2025
ތެލެސީމިއާ ސެންޓަރަށް ވަނީ ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައެވެ. ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޤައުމީ ދިފާޢީ ބާރުންނެވެ.
މިއަހަރުގެ ތެލެސީމިއާ ދުވަސް ކަމަށްވާ މެއި މަހުގެ 8 ވަނަ ދުވަހު ރައީސް ވަނީ އެތަނުގެ ހިންގުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އަށް ބަދަލުކުރައްވާފައެވެ.
ތެލެސީމިއާ ދުވަހާއި ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި ޚިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ބަހުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޓީސީސީންވަނީ އެސަރަޙައްދުގައި އިތުރު ބަސް ހުއްޓިއެއް ޤާއިމުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް