މ. މުލީ އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ފްލައިޓް ޖައްސައިފިކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުސީއެލް) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އެ އެއާޕޯޓު ހިންގާ އާރުސީއެލް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުލީ އެއާޕޯޓަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކު ކަމަށާއި، މިގޮތުން މާލެއިން 15:30 ގައި ނައްޓާލާ ފްލައިޓު މުލީ އެއާޕޯޓަށް ޖައްސާނީ އެ ދުވަހުގެ 16:45 ގައެވެ.
A proud moment as we receive the first commercial passenger flight at Muli Airport.
Flights are scheduled to operate weekly on Saturdays.Departure from Malé – 15:30
Departure from Muli – 16:45#racl #aviationmv #airports #FirstFlightToMUM #MuliAirport #Maldivian #fyp pic.twitter.com/l0oCaRGBt0— Regional Airports Company Limited (@AirportsMV) May 25, 2025
އެންމެ ފަހުގެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މި މޭ މަހުގެ 20 ވަނަ ދުވަހު އެވެ. މުލި އެއަރޕޯޓުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް