ހުޅުމާލޭ ފޭސް 2 ގައި މި މަހު 19 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން މީޑިއަށް ފޮނުވި މެސެޖުގައި ބުނީ، އެ މައްސަލައާ ގުޅިގެން މއ. ޝެލްޓަރ، މުޙައްމަދު ރައިހާން ޙުސައިން (18އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 10:10 ހާއިރު ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން ކޯޓުން ވަނީ މި މައްސަލައިގެ ތަހްޤީޤު އަދި ޝަރީޢަތް ނިމެންދެން މުޙައްމަދު ރައިހާން ބަންދުކުރުމަށް އަމުރުކޮށްފައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 11 ވަނަ ޓަވަރު ކައިރީގައި ހިނގި މާރާމާރީއެކެވެ. އަދި މި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ދެވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މާރާމާރީ ހިންގި މީހުން ދެ ފޯނެއް ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް