މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 3 ރަށެއްގައި ޑްރަގް ރިމާންޑް ސެންޓަރު ގާއިމްކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ހުޅުވި މި ތިން ސެންޓަރުތައް ހިނގަމުންދާނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބެލުމުގެ ދަށުންކަމަށް އެންޑީއޭއިންވަނީ ވިދާޅުވެފައެވެ.
އެގޮތުން ރިމާންޑް ފެސިލިޓީތައް ޤާއިމުކޮށްފައިވަނީ؛
• ތިނަދޫ ސިޓީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
• ފުވައްމުލަކު ސިޓީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
• ސ. ހުޅުދޫ ވިލުނު ސެންޓަރު
މި ސެންޓަރުން ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމަޢަށް ނުކުންނަ މީހުންނަކީ ދީނީ ގޮތުން އަޚުލާޤު ރަނގަޅު ބައެއްކަން ކަށަވަރުކުރެވޭނެ ގޮތަށް ފަރުވާ ބައްޓަންކުރެވޭނެކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް