ކައިވެނި ހަފްލާއެއްގެ ކަންކަން އިންތިޒާމުކޮށްދޭނެ ކަމަށް ބުނެ ބަޔަކު އަތުން ފައިސާ ނަގައި، ކައިވެނި ޕާޓީއަށް ކާތަކެތި ފޯރުކޮށްނުދިން ކަމަށް "ޖަސްޓް މެރީޑް" އަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.
"ހައުސް އޮފް ޖެއިޑް" ގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައިވެނި ހަފްލާއެއް އިންތިޒާމް ކޮށްދިނުމަށް ދެމަފިރިއަކު "ޖަސްޓް މެރީޑް" އަށް ފައިސާ ދެއްކި ކަމަށްބުނެ ފައިސާތަކުގެ ރަސީދުތައްވެސް މިހާރުދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. ނަމަވެސް، އެ ފައިސާ ނެގުމަށްފަހު ކާއެއްޗެއްސަށް "ޖަސްޓް މެރީޑް" އިން ފައިސާ ނުދައްކާ ހުރުމުން، އެ ހަފްލާއަށް ދިޔަ މެހެމާނުންނަށް ކެއުން ނުދެވި، އެ ދެމަފިރިންނަށް ލަދާ ކުރިމަތިލާން ޖެހުނު ކަމަށް ތުހުމަތުކުރެވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލައި ތަޙްޤީޤުކުރަމުންދާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް