މޫސުން ގޯސްވެ ރ އަތޮޅުން ފެށިގެން މ އާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެެވެ.
މޫސުމާ ބެހޭ ޤާއުމީ އިދާރާއިން މެދުރާއްޖެތެރޭގެ ސަރަޙައްދަކަށް ރީނދޫ އިންޒާރު ދީފައިމިވަނީ މިއަދު ހެނދުނު 7:30 އިން 11:30 އަށް ދެމިގެންދާގޮތަށެވެ.
Alert Yellow for torrential rain and thunderstorms. pic.twitter.com/WsdVD42JAN
— Maldives Meteorology (@MetMaldives) May 19, 2025
މީގެ އިތުރުން، މާދަމާއާ ހަމައަށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މީގެ ކުރިން ލާފާކޮށްފިއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކަކުންވެސް މޫސުމާބެހޭ މައުލޫމާތު އަދާހަމަކުރުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކުރައްވާފައެވެ.




