ފަސިންޖަރ ލައިނަކުން މާލެއަށް އައި ދެހާހަށް ވުރެ ގިނަ މީހުންނަށް ކްލިއަރެންސް ދީފިކަމަށް މޯލްޑިވެސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އެގޮތުން ކްލިއަރެންސްދީފައިވަނީ، މިސް އެއިޑާސްޓެއްލާގެ 2022 ފަސިންޖަރުންނާއި 628 ފަޅުވެރިންނަށެވެ. މި ފަސިންޖަރ ލައިން އައީ ސްރީލަންކާގެ ކޮލަންބޯ އިން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
Inward clearance was granted to Passenger Liner MS. Aida Stella 🇮🇹, which arrived in the Maldives this morning from Colombo, 🇱🇰 .
A total of 2022 passengers and 628 crew members were onboard. pic.twitter.com/TwzVM1B024— Maldives Customs Service (@CustomsMv) May 14, 2025
Seaport Division officers successfully provided en-route clearance for 2,022 passengers and 628 crew members aboard MS AIDAstella, which arrived today, 14th May 2025, from Colombo. pic.twitter.com/MLoZ6aQZU1
— Maldives Immigration (@ImmigrationMV) May 14, 2025
މިފަދަ ފަސިންޖަރ ލައިންތަކާއި، ކްރޫޒްލައިން އަދި ޔޮޓުތަކުގެ މެދުގައި ރާއްޖެ ދުވަހަކަށްވުރެ ދުވަހެއް މަޤުބޫލުކަން ހޯދަމުންދާއިރު، ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ޚާއްސަ ޖެޓީތައް ތަރައްޤީކުރައްވަން ނިންމަވާފައިވާކަމަށް ސަރުކާރުންވަނީ މީގެކުރިން ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް