ސްޓެލްކޯއިން ކ. ހުންމަފުށީގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، އާ ޖެނެރޭޓަރު ސެޓެއް ގާއިމުކޮށް، އޭގެ ބޭނުން ކުރަންފަށައިފިއެވެ.
ހިންމަފުށީގައި ގާއިމުކުރެވިގެން ދިޔަ ޖެނެރޭޓަރު ސެޓާއިއެކު، ހިންމަފުށީގެ ޖެނެރޭޝަން ކެޕޭސިޓީ 2414 ކިލޯވޮޓްއަށް އިތުރުވެގެންދާނެކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ކ.ހިންމަފުށީގެ ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މިހާރު ވަނީ 500kW ގެ އައު ޖަނަރޭޓަރުސެޓެއް އެރަށަށް ފޮނުވާ، ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައި. މި ޖަނަރޭޓަރުސެޓާއެކު، ހިންމަފުށީގެ ޖަނެރޭޝަން ކެޕޭސިޓީ ވަނީ 2414kW… pic.twitter.com/jivAgFuyi5
— STELCO (@STELCOMALDIVES) May 13, 2025
ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖެނެރޭޓަރު ކޮމިޝަންކޮށް، ބޭނުންކުރަން ވަނީ ފަށާފަ އެވެ. އެގޮތުން، 20 ޖެނެރޭޓަރު ސެޓް ވަނީ 19 ރަށްޓަކަށް ފޮނުވައި، ކޮމިޝަންކޮށް ބޭނުންކުރަން ފަށާފަ އެވެ.
މީގެއިތުރުން، މިދިޔަ ރޯދަމަހުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ހުޅުމާލޭގައި 19.2 މެގަވޮޓްގެ ޕަވާހައުސްއެއް ވަނީ ގާއިމުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް