ދިވެހި ފުލުހުންގެ ޚިދުމަތުން "މީޑިއާ އިންޓަރެކްޝަން ނައިޓް 2025" ގެ ނަމުގައި ހަރަކާތެއް ބާއްވަންް ނިންމައިފިއެވެ.
މި ޕްރޮގްރާމުގެ ގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 މެއި 20 ވަނަ ދުވަހުގެ ރޭގައެވެ.
ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި މި ހަރަކާތުގެ އެންމެހައި ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ބައިވެރިވެވަޑައިގަންނަވާ ހުރިހާ މީޑިއާތަކުން 2025 މެއި 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް ވަނީ އެދިފައެވެ.
ފޯމުގައި ހިމަނަންޖެހޭ މަޢުލޫމާތުގެ ތެރޭގައި މީޑިއާގެ ރަސްމީ ނަން (ދިވެހި އަދި އިނގިރޭސި ބަހުން)، ބައިވެރިންގެ އަދަދު (ގިނަވެގެން 2)، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް އަދި ބައިވެރިވާ ނޫސްވެރިންގެ މަޢުލޫމާތު ހިމެނެއެވެ.
މި ހަރަކާތަކީ ފުލުހުންނާއި މީޑިއާގެ ގުޅުން ބަދަހިކޮށް، ދެފަރާތުގެ މެދުގައި އޮންނަ މުޢާމަލާތު އިތުރަށް ހަރުދަނާކުރުމަށް ބޭއްވޭ ވަރަށް މުހިންމު ހަރަކާތެއްކަމަށާއި، މި ހަރަކާތުގައި ރާއްޖޭގެ އެކި މީޑިއާތަކުން ބައިވެރިވުމަށް އެދިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވެއެވެ. އަދި މިފަދަ ކަންކަމަށް މީޑިއާތަކުން ދެއްވާ އެއްބާރުލެއްވުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ މީޑިއާތަކުން https://bit.ly/3ZaeJga މި ލިންކުން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް