2023 ގެ ނިޔަލަށް ރާއްޖޭގައި ތިބީ 3716 ނަރުހުންކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ނަރުހުންގެ މި ދާއިރާއަކީ މުޅި ދުނިޔެއަށް ބަލާލާއިރުވެސް ނިސްބަތުން އަންހެނުންގެ ދައުރު ފުޅާ ދާއިރާއަކަށްވާއިރު، ރާއްޖޭގައިވެސް 3413 އަންހެން ނަރުހުން މަސައްކަތްކުރާއިރު، ފިރިހެން ނަރުހުންގެ 2023 ގެ ނިޔަލަށް ހުރީ 303 ގައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2370 ނަރުހުންނަކީ ދިވެހި ނަރުހުންނަށްވާއިރު 1346 ނަރުހުންނަކީ ބޭރުމީހުންނެވެ. އަދި ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2006 ނަރުހުން މަސައްކަތް ކުރަނީ އަތޮޅުތަކުގައެވ. މާލޭގައި 1710 ނަރުހުން މަސައްކަތް ކުރާކަމަށް ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ޕްރައިވެޓް ސެކްޓަރ ގައި597 ނަރުހުން މަސައްކަތް ކުރާއިރު، ޕަބްލިކް ސެކްޓަރ ގައި 3119 ނަރުހުން މަސައްކަތް ކުރާކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި މުޅި ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 29 މިލިއަން ނަރުހުން މަސައްކަތް ކުރެއެވެ. މީގެ ތެރެއިން 25 މިލިއަން ނަރުހުންނަކީ އަންހެނުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް