ދަރިއަކަށް ކުރެވޭނެ އެންމެ އެންމެ އޯގާތެރި އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން" އެކަމަނާ ވިދާޅުވެފައިވެއެވެ.
ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން.
އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ… pic.twitter.com/W8CP9v5biK
— First Lady Sajidha Mohamed (@sajidhaamohamed) May 11, 2025
އަދި އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރާ ޙާލު މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވާކަމަށް މެެޑަމް ސާޖިދ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް