ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޯރުކޮށްދޭ ކުށާއި ސަރަނީގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް އީފާސް މެދުވެރިކޮށް ފޯރުކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް ޑީޖޭއޭއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިއީ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ފަސޭހަ ކުރުމަށްޓަކައި ގެނެވުނު ބަދަލެއްކަމަށާއި މިހެން ޢަމަލުކުރަން ފަށާނީ އަންނަ ބުރާސްފަތިން ފެށިގެން އަކަމަށެވެ.
އަދި އަންނަ ބުރާސްފަތިން ފެށިގެން މި ރިކޯޑުތައް ސާފުކުރުމަށްޓަކައި ހުށަހަޅަންޖެހޭނީ ޑީޖޭއޭގެ ޕޯޓަލްއަށް އީފާސް މެދުވެރިކޮށްކަމަށާއި، ޖޫންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާރު ބޭނުން ކުރަމުންދާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން އެ ޚިދުމަތް ހޯދަން އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނާނެ ކަމަށް އެ ޑިޕާޓްމަންޓުންވަނީ ބުނެފައެވެ..
ނަމަވެސް، ދައުލަތުގެ އޮފީސްތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ކުރިއެކޭ ވެސް އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. އެއީ، އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާ އެކު ރިކޯޑް ސާފުކުރުމަށް އެދި ހުށަހެޅުމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް