ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމާއި ބެހޭ ގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، ޔުނެސްކޯއާ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރެވުނީ، ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގައި ކުރެވިފައިވާ މަސައްކަތަކާއި ކުރިއަށް ކުރަންހުރި ކަންކަން ބައްލަވާލެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ މިއަދު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.
ޔުނެސްކޯގެ ސައުތު އޭޝިޔާ އޮފީހުގެ ކަލްޗަރ ސެކްޓަރގެ ޗީފް ޖޫހީ ހަން މިއަދު ކަޅުވަކަރު މިސްކިތަށް ކުރެއްވު ޒިޔާރަތުގެ ތެރެއިން.
Ms. Junhi Han, Chief of the Culture Sector at the UNESCO Regional Office for South Asia, visited the Kalhuvakaru Mosque today pic.twitter.com/6g1gpBJiCI
— National Centre for Cultural Heritage (@HeritageMv) May 6, 2025
މި ބައްދަލުވުމުގައި ޔުނެސްކޯގެ އެހީގައި ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަޝްވަރާތައް ހިނގާތާ މިހާރު 13 ވަރަކަށް އަހަރުވެއްޖެކަމާއި އެ ކަމަށް ކުރު އަވަސް މަގެއް ހޯދުމުގެ ޝައުޤުވެރިކަން މި ސަރުކާރުގައި އެބަ އޮތްކަން ވަޒީރު ފާޅުކުރެއްވިއެވެ.
އެ ކަމަށް އިޖާބަދެއްވައި ޖުންހީ ވަނީ މަސައްކަތުގެ ޓައިމްލައިނެއް ވަޒީރާ ހިއްސާކުރައްވައި، އެ ކަންކަން ފުރިހަމަ ކުރުމަށް ދެފަރާތުން ކުރަންހުރި ކަންކަމާ މެދު ގޮތްތަކެއް ނިންމާފައެވެ.
ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގައި ކުރެވިފައިވާ މަސައްކަތަކާއި ކުރަންހުރި ކަންކަން ބައްލަވާލެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ،ޗީފް ޖުންހީ ހަންއާ ވަޒީރު ބައްދަލުކުރެއްވުން. pic.twitter.com/NeNde7eeLc
— Ministry of Dhivehi Language, Culture and Heritage (@MoDLCH) May 7, 2025
ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާގެ މިދަތުރުފުޅުގައި، މާލެގައި ހުރި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ، މާލޭ ހުކުރު މިސްކިތް، ކަޅުވަކަރު މިސްކިތް އަދި ޢީދު މިސްކިތަށް ވަނީ ޒިޔާތްކުރަށްވާ އެތަންތަން ބައްލަވާލައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް