ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްފައިވާ މެނޭޖްމަންޓް ޕްލޭންތަކުގެ ދެލި ކަރުދާހަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހުހުޅުވާލައިފިއެވެ.
އެގޮތުން، ޚިޔާލު ފޮނުވަން ހުޅުވާލާފައިވަނީ 6 ސަރަހައްދަކަށް ތައްޔާރުކޮށްފައިވާ ޕްލޭނުގެ ދެލި ކަރުދާހަށެވެ. އެ ސަރަހައްދުތަކަކީ؛
- ލ. ބޮޑަ ފެންގަނޑު ސަރަހައްދު
- ލ. މާބައިދޫ ކޯރު އަދި ފުށި ކަނޑު ސަރަހައްދު
- ލ. ހިތަދޫ ކުޅިއާ ވަށައިގެންވާ މޫދު ސަރަހައްދުުު
- ލ. ގާދޫ - ހިތަދޫ ކަނޑު ސަރަހައްދު
- ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު
މި ޕްލޭންތަކަށް ޚިޔާލު ހުށަހެޅުމަށް ވުޒާރާއިންވަނީ ވަކި ޚާއްސަ ލިންކުތަކެއް ހަދާފައެވެ. އެހެންކަމުން އެ ލިންކްތަކުގައިވާ ފޯމު ބޭނުންކޮށްގެން އީމެއިލް ގެ ޒަރިއްޔާއިން ޚިޔާލު ހުށަހެޅުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިންވަނީ އެދިފައެވެ.
Public commenting for the Draft Management Plans for the protected areas of Laamu Atoll is now open! You may add your comments using the comment template document provided in the link below: Deadline for submitting comments is 20th May 2025.
ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ… pic.twitter.com/BCXq5wN2sT
— Ministry of Tourism and Environment (@MoTmv) May 6, 2025
މި ޕްލޭންތަކަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކި 20 މެއި 2025 އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް