މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ، އެތަކެތި އަތުލައިގަތީ ރޭ ޕިކަޕެއްގައި ބޮޑު ތިން ކަޅު ކޮތަޅު ގެންގޮސް، އެ ތަކެތި ބޮޑުރަސްގެފާނު މަގުގައި ބަހައްޓާފައި އެމީހުން ދިޔަ މައްސަލައެއް ތަހްޤީޤް ކުރި ކުރުމުގައެވެ.
އަދި، ފުލުހުން އެތަކެތި ބަލައި ފާސްކުރިއިރު ވަގަށް ރާއްޖެއަށް އެތެރެކުރިކަމަށް ބެލެވޭ 221 ކާޓަން ސިނގިރޭޓް ފެނިފައިވާކަމަށާއި، މިކަމާ ގުޅިގެން ތިން ބަންގްލަދޭޝް މީހުން މިހާރު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިއީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވަ ސިގިރޭޓް ކަމަށް ބެލެވޭތީ މި މައްސަލަ ތަހްޤީޤް ކުރަމުން އަންނަ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް