އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
މީޑިއާއަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އުތުރު ރަށެއްގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ މި އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި އެކުއްޖާއަށް ގޯނާ ކުރިމަކަމަށް ތުހުމަތު ކޮށްފައިވަނީ އިތުބާރު ހިފޭ މަގާމެއްގައި ތިބި ބައެއްގެ މައްޗަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުުވިނަމަވެސް، ގުޅުންހުރި އިދާރާތަކާއެކު މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް