ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާކަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ކުރިއަށްގެންދެވި ޕްރެސް ކޮންފަރެންސްއަށް އަލިއަޅުވާލައްވަމުން، އެބޭފުޅާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ކެތްތެރިކަމާއި އިހުލާސްތެރިކަަމުގެ ރިވެތި އަހުލާގު ވަނީ ފެނިފައި. ނަމަވެސް މިއަދު 15 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާއެކު މުޅިދުނިޔެ… pic.twitter.com/gHPmo252v8
— Mohamed Shakeel 🇲🇻 (@schakyyl) May 4, 2025
އެގޮތުން، ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސްއާއެކު ކުރެއްވުނު މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ކެތްތެރިކަމާއި އިހުލާސްތެރިކަަމުގެ ރިވެތި އަހުލާގު ވަނީ ފެނުނުކަމަށާއި، ނަމަވެސް އިއްޔެ 15 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާއެކު މުޅިދުނިޔެ ކުރިމަތީގައި ރައީސް ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާކަމަށް ޝަކީލްވަނީ ސިފަކުރައްވާފައެވެ.
އަދި މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ އެ ކެތްތެރިކަމާއި އިހުލާސްތެރިކަމުން ނަމޫނާ ނަގައިގެންކަމަށްވެސް ޝަކީލުވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް