ކޮންމެ ޤައުމަކަށްވެސް މި ދަތުރުކުރަނީ ރާއްޖެއަށް އެކި ދާއިރާތަކުން ފައިދާވާނެ ކަންތައްތައް ހޯދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ، ހުރިހާ ހާލަތެއްގައިވެސް ދިވެހީންގެ މަސްލަޙަތު އިސްކުރުންކަމަށާއި ދިވެހީންގެ މިނިވަންކަމާއި ސިޔާސަތީ ބާރު ހިމާޔަތްކޮށް ދެމެހެއްޓައި އަދި ހަމައިގެ މަތީގައި ހުރިހާ ޤައުމުތަކާއެކު ގާތްގުޅުން ބޭއްވުމަށްކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
އަދި އެ ހަމައަށް އިޙްތިރާމުކުރާނަމަ ކޮންމެ ޤައުމަކާއެކުވެސް ރާއްޖެއިން ގުޅުން ޤާއިމުކުރާނެކަމަށާއި އެއްވެސް ޤައުމެއް އެގޮތުން ތަފާތުނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ގައުމަކީ އަޅުގަނޑުމެންގެ މަސްލަހަތަށް ރެސްޕެކްޓް ކުރާ އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ސިޔާދަތަށާއި ޓެރިޓޯރިއަލް އިންޓަގްރިޓީއާ މިހުރިހާކަމެއް އެ ޤައުމަށް އޮންނަ ފަދައިން އަޅުގަނޑުމެންނަށްވެސް އޮންނާނެކަން ޤަބޫލުކުރާ ހުރިހާ ޤައުމުތަކާ އެކީ އަޅުގަނޑުމެން ގާތްގުޅުން ބާއްވާނެ" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިި ސިޔާސަތެއް އެއްވެސް ބަދަލެއް ނާންނަކަމަށާއި ޢަމަލުކުރަމުންދަނީވެސް އެ ސިޔާސަތަށް ކަމަށާއި، އެ ސިޔާސަތަށް ކުރިއަށްއޮތް ތަނުގައިވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި ކޮންމެ ގައުމަކާއެކުވެސް ކުރިއަށް މިދަނީ ހަމަ އެ ސިޔާސަތުގެ ތެރެއިންކަމަށް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު، ކޮންމެ ޤައުމަކަށްވެސް ދަތުރުކުރަނީ ރާއްޖެއަށް އެކި ދާއިރާތަކުން ފައިދާވާނެ ކަންތައްތައް ހޯދުމަށްކަމަށާއި އެގޮތުނ ގައުމުތަކަށް ޒިޔާރަތްކުރައްވަނީ، ބައިނަލްއަޤްވާމީ އަދި ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން ދެންމެ މިދެންނެވި ސިޔާސަތު ތަންފީޛުކުރަންކަމަށާއި މިއިން ކޮންމެ ގައުމެއްގެ ގުޅުމުގެ ތެރެއިން ގިނަގުނަ ފައިދާތައް ރާއްޖެއަށް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުދި ގައުމުތަކުގެ ޖަމިއްޔާ ސީޓުތަކުގައި ރާއްޖެ އަކީ ކޯ ޗެއަރ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުދި ގައުމު ތަކުގެ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ކުރެވޭ މަަޝްވަރާތަކުގައި ރާއްޖެ ލީޑްކުރާކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ފަހިވެގެންދަނީ ވަރަށް ބޮޑު މަގެއްކަމަށާއި، ރާއްޖެ ފަދަ ކުދި ގައުމުތަކަށް މޫސުމީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް އޭގެ ސަބަބުން ދެނެގަނެވޭކަމަށެވެ.
ހަމައެއާއެކު، އދ. އާންމު މަޖިލީހުގައި ރާއްޖޭގެ ސިޔާސަތު އިއްވާފައިވާނެކަމަށާއި، އޭގެ ތެރޭގައި ފަލަސްތީނާ ގުޅިގެން ރާއްޖެއިން ދެކޭގޮތާއި، ރާއްޖޭގެ ތަރައްޤީ ކުރިއަށް އޮތް 20 އަހަރު ގެންދަން ބޭނުންވާ ހިސާބާއި ރާއްޖޭގެ ވިސްނުން ހުރިގޮތް މުޅި ދުނިޔެއަށް އިވިގެން ގޮސްފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް