އ. ބޮޑުފޮޅުދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.
މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި އެ އިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރިދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ.
އއ. ބޮޑުފޮޅުދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ އައު އިންޖީނުގޭގެ ބިންގާ މިއަދު ވަނީ އަޅާފައި. މި އިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރިދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ… pic.twitter.com/LwgrsNixK6
— STELCO (@STELCOMALDIVES) April 30, 2025
ބޮޑުފުޅަދޫގައި ހުންނަ އިންޖީނުގެއަކީ އެ ރަށު ސުކޫލާއި ވަރަށް ކައިރީގައި ހުރި، ވަރަށް ދުވަސްވީ އަދި ޖާގައިގެ ގޮތުން ކުޑަ އިމާރާތެކެވެ. އެހެންކަމުން އެކަމުގެ ތަކުލީފު ރައްޔިތުން އުފުލާތާ އެތައް އަހަރެއް ވެއްޖެއެވެ.
އެހެންކަމުން މި އައު އިންޖީނުގޭގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަކީ ސްޓެލްކޯގެ އުންމީދެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް