ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ %83 ވަނީ ނިމިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން މިއަދު ކުރި ޕޯސްޓެއްގައެވެ.
އެގޮތުން، ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ %83 ވަނީ ނިމިފައިވާކަމަށާއި މިހާރު ކުރަމުންދަނީ އެދުރުކަލޭފާނު މަގުގެ ދުވާރުގެ މަސައްކަތްތައްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ %83 ވަނީ ނިމިފައި@rdcmaldives #roaddevelopment pic.twitter.com/FS7KvIlnPJ
— Ministry of Construction, Housing & Infrastructure (@MoCImv) April 29, 2025
ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫއަކީ ސަރުކާރުން 100،700،048.55 ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް