ފަސް މީހުންނާ އެކު ގދ. ގައްދޫން ފުރައިގެން ހުޅުމާލެ އަށް އިއްޔެ ދަތުރުކުރި ސަޕްލައި ދޯނި ފެނިއްޖެކަަށް ފުލުހުން ބުނެފިއެވެ.
މި ދޯނި ހޯދުމުގެ މަސައްކަތް ކުރި އެމްއެންޑީއެފުން ބުނެފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އެ ދޯނީގެ ޚަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓުކުރުމުން، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ކޮށްފައިވާކަމަށާއި، އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ ރޭ ފަތިހު 04:00 ހާއިރު، ގއ.ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައިކަމަށެވެ.
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މުދާ އުފުލާ ދޯނި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހޯދައިފިhttps://t.co/E0RyvnOoMS pic.twitter.com/ePG1S7Kk1P
— Maldives National Defence Force (@MNDF_Official) April 29, 2025
އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައިކަމަށާއި، ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިދޯނިން ދަތުރު ކުރި ހުރިހާ ފަޅުވެރިންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް