ރާއްޖޭގައި ހިނގާފައިވާ އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ބާރު ދުވެލިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ބާރު ދުވެލީގަ އުޅަނދު ދުއްވުމަކީ ތިމާއާއި މަގު ބޭނުންކުރާ އެހެން މީހުންވެސް ނުރައްކަލަށް ހުށަހެޅިގެންދާކަމެއްކަމަށް ފާހަގަކޮށްފައިވާއިރު، ފުލުހުން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި އެކްސިޑެންޓް ހިނގާފައިވާގޮތުގެ ތަފާސްހިސާބެއް ޢާއްމުކޮށްފައެވެ.
އެ ހިސާބުތަކުން ދައްކާގޮތުގައި، މި ކުއާޓަރުގައި އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލެ ސަރަހައްދުގައި 1،068 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި އެންމެ ގިނައިން އެކްސިޑެންޓް ހިނގީ މާލޭގައިކަމަށްވާއިރު، ފެބްރުއަރީ މަހު އެކަކު ވަނީ މަރުވެފަ އެވެ.
މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓުތަކުގެ ތަފާސްހިސާބު
މާލެ: ޖެނުއަރީ - 152| ފެބްރުއަރީ - 216| މާޗް - 193
ހުޅުމާލެ: ޖެނުއަރީ - 145| ފެބްރުއަރީ - 169| މާޗް - 140
ވީއައިއޭ: ޖެނުއަރީ - 19| ފެބްރުއަރީ - 12| މާޗް - 18
ވިލިމާލެ: ޖެނުއަރީ - 2| ފެބްރުއަރީ - 1 | މާޗް - 1
Here's a breakdown of reported traffic accidents across the Maldives during Q1 of 2025. From the islands of HA. Atoll to the roads of Addu City, the data shows where incidents are occurring most—and it’s a reminder for all of us to stay alert and responsible on the roads. pic.twitter.com/DDpJrnpO01
— Maldives Police (@PoliceMv) April 22, 2025
މީގެ އިތުރުން ފުލުހުން ވަނީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި މި އަހަރުގެ ޖެނުއަރީ އިން މާޗްގެ ނިޔަލަށް 203 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ އެކްސިޑެންޓުތަކުގެ ހިސާބުތައްވެސް ޢާއްމުކޮށްފައެވެ.
އެ ހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދު ފިޔަވައި އެންމެ ގިނަ އެކްސިޑެންޓް އައްޑޫ ސިޓީގައި ހިނގާފައިވާއިރު، މި އަހަރުގެ ޖެނުއަރީ އިން މާޗްގެ ނިޔަލަށް އައްޑޫ ސިޓީގައިވަނި 81 އެކްސިޑެންޓް ހިނގާފައެވެ. އަދި މި އެކްސިޑެންޓްތަކުގައި އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
From January to March 2025, the MPS recorded a significant number of traffic accidents across the Malé Area, with February showing the highest spike in incidents and one tragic road fatality reported during that month. pic.twitter.com/BvY7Xg8DML
— Maldives Police (@PoliceMv) April 22, 2025
އެހެންކަމުން ދުއްވާ އުޅަނދަކީ، ދެ ފުރޮޅުލީ ނުވަތަ ހަތަރު ފުރޮޅުލީ އުޅަނދަކަށްވިނަމަވެސް، ކޮންމެ ދަތުރަކީ ވެސް އަމާން ދަތުރަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި، ފަރުދީ ޒިންމާ އަދާކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް