ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2500-3000 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެޗްޑީސީއާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނި ގޮތުގައި މި މިސްކިތަކީ ހެޔޮއެދެ ފަރާތެއްގެ އެހީތެރިކަމުގައި އިމާރާތްކުރާ މިސްކިތެއްކަމަށާއި، ކޮންޓްރެކްޓަރުވެސް ހަމަޖައްސާނީ މިސްކިތް އިމާރާތްކޮށްދޭ ފަރާތުން ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގައި 3000 މީހުންނަށް ނަމާދު ކުރެވޭ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކުރުން.
މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން، ކޮންޓްރެކްޓަރެއް ހަމަޖައްސާނީވެސް އެފަރާތުން. pic.twitter.com/V64jXYz5yk
— Ministry of Islamic Affairs (@MVIaffairs) April 16, 2025
އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިސްކިތް އިމާރާތް ކުރަނީ 18720.79 އަކަފޫޓުގެ ބިމެއްގައިކަމަށްވާއިރު، ބިން ހަވާލުކުރާތާ ދެ އަހަރު ތެރޭ މަސައްކަތް ނިންމާނެކަމަށާއި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް