މިއަހަރުގެ ވެކޭޝަން އެކްސްޕޯ ބުރާސްފަތި ދުވަހު ހުޅުވަން ހައިރައިސް ޕްރައިވެޓް ލިމިޓެޑުން ނިންމައިފިއެވެ.
މި އެކްސްޕޯ އަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތަކާއި ހައްލު އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު އިވެންޓަކަށްވާއިރު، މި އަހަރުގެ އެކްސްޕޯ ކުރިއަށްދާނީ އެޕްރީލް 17، އިން 25، އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި އެކްސްޕޯގެ ބައިވެރިންނަށް އެހެން އަހަރުތެކޭ އެއްގޮތަށް މިއަހަރުވެސް، ޚާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ދޭނެ އެވެ.
އެކްސްޕޯގައި ބައިވެރިވާ ދާއިރާތަކުގެ ތެރޭގައި ޓޫރިސްޓު ހޮޓާތައް، ގެސްޓްހައުސްތައް، އެއާލައިންތައް، ޓްރެވަލް އެޖެންޓުން، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް ވެސް ހިމެނޭއިރު، ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް