ޤަވާއިދާ ޚިލާފަށް އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
މިކަން ހާމަކުރަމުން ކަސްޓަމްސްއިން ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެ ސަރވިސް އިން ހިފަހައްޓާފައިވާ ތަކެތީގެ ތެރެއިން 2025 އެޕްރީލް 10 ވަނަ ދުވަހު ނައްތާލެވުނު ތަކެތީގެ ތަފްޞީލް އާންމުކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެތީގެ ތެރެއިން 2025 އެޕްރީލް 10 ވަނަ ދުވަހު ނައްތާލެވުނު ތަކެތީގެ ތަފްޞީލް pic.twitter.com/R5s693d9OZ
— Maldives Customs Service (@CustomsMv) April 14, 2025
އެގޮތުން، އެޕްރީލް 10 ވަނަ ދުވަހު ވަނީ 24 ފުޅި ބިޔަރު ފުޅިއާއި 15 ދަޅު ބިޔަރު ނައްތާލާފައިވާއިރު، 151 ފުޅި ބަނގުރާވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނައްތާލައިފައެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ ނ. މާފަރުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް