18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތަށް ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، 114.9 މިލިއަން ރުފިޔާއަށް މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީ އާއެވެ.
މި މަޝްރޫއުތަކަކީ ސަރުކާރުން ދޭން ޖެހޭ ފައިސާ ދައްކައި، އެ މަޝްރޫއުތައް ފެށުމަށް އެކި ތާރީޚުތައް ބައެއް ކުންފުނިތަކަށް ދިނުމަށް ފަހު ވެސް އެ މަސައްކަތްތައް ފަށާފައިނުވާ މަޝްރޫޢުތަކެއްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިއަދު ސޮއިކުރެވުނު 18 މަޝްރޫއުތަކުގެ ތެރެއިން އެމް.ޓީ.ސީ.ސީ އާއި ޙަވާލުކޮށްފައިވާ 15 މަޝްރޫއު. pic.twitter.com/j8WmryBQR9
— Ministry of Education (@MoEdumv) April 7, 2025
މި 18 މަޝްރޫއުތަކުގެ ތެރެއިން 15 މަޝްރޫއެއް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އާއެވެ. އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވަނީ ހއ. މޮޅަދޫ، ހދ. ނޮޅިވަރަމް، ހދ. ނޭކުރެންދޫ،ށ. ބިލެތްފަހި، ރ. އންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ، އަދ ލ. މާވަށުގައި ކުރިއަށްދާ މަޝްރޫޢުތަކެވެ.
އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ 2 މަޝްރޫއެވެ. އެއީ އއ. މާޅޮސް އަދި އދ. ފެންފުށި އެވެ. އަދި މ.ވޭވަށު ސްކޫލުގެ ނުނިމި ހުރި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
— Ministry of Education (@MoEdumv) April 7, 2025
މިއަދު ސޮއިކުރެވުނު 18 މަޝްރޫއުތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން އާއި ޙަވާލުކޮށްފައިވާ މަޝްރޫއު. pic.twitter.com/0VaFYOxhyp
— Ministry of Education (@MoEdumv) April 7, 2025
މި މަސައްކަތްތަށް ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ. އަދި އާރު.ޑީ.ސީ ގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރް ސޮއެ ކުރެއްވިއިރު, ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓް ގައި ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙް އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް