މާލޭގައި މީހަކަށް ބިރުދައްކައި، ގެއަކަށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރުކުރި 4 މީހަކު ބަންދުން ދޫކޮށްލައިފިއެވެ.
މި 4 މީހުން ހައްޔަރުކޮށްފައިވަނީ ނިމިދިޔަ މާރިޗު މަހުގެ 8 ވަނަ ދުވަހުގެ ރޭ 12:45 ހާއިރު ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިނުމާ ގުޅިގެންނެވެ. މި 4 މީހުންނަކީ:
- އއ. މާޅޮހުގެ ރީތިހިޔާ، މުހައްމަދު އަފްލާހް (23)،
- ނ. ވެލިދޫގެ އެލަސް، އިބްރާހިމް އަހްނަފް (21)،
- ނ. މަނަދޫގެ ހަވޭލީ، މުހައްމަދު އަޒަން (23)،
- ތ. ގުރައިދޫގެ ފަޒާ، އަލީ ނަވާފު (21) އެވެ.
އެ 4 މީހުން ހައްޔަރުކުރި އިރު ފުލުހުން އޭރު ވިދާޅުވެފައިވަނީ އެމީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށެވެ. އެމީހުން ހައްޔަރުކުރުމަށްފަހު މަހެއްހާ ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު، ކްރިމިނަލް ކޯޓުން މިއަދު މި މީހުން ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކަކާއެކުކަމަށްވެސް މަޢުލޫމާތުލިބެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް