ލ. މާވަށަށް 800 ކިލޯވޯޓުގެ އައު އިންޖީނެއް ގެންގޮސްފިއެވެ.
މި އިންޖީނަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ރަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް ގެންދެވުނު އިންޖީނެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން:
ލ.މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް، 800ކވ ގެ އައު އިންޖީނެއް މިހާރު ވަނީ އެރަށަށް ގެންދެވިފައި. އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިފައިވާއިރު،… pic.twitter.com/54zLJGVAXK— Fenaka Corporation Ltd (@TeamFenaka) April 5, 2025
އަދި އެ އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިފައިވާއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އާންމުންނަށް އެއިން ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ފެނަކައިންވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، އައްޑޫ ސިޓީއަށް ކުރިމަތިވަމުންދާ ކަރަންޓުގެ މައްސަލައަށީ ޙައްލެއް ހޯދުމަށްޓަކައިވެސް ދާދި ފަހުން ފެނަކައިން ވަނީ އެ ސިޓީއަށްވެސް އިންޖީނެއް ފޮނުވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް