ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވުނު ކަމަށް އަދަދު ނޫހުން ގެނެސްދިން ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުން ގެނެސްދިން ޚަބަރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މެންދުރު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ކަމަށާއި، މަޖިލިސް މެންބަރުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ފަރިއްކޮޅެއް ކެންސަލްކުރި ކަމަށެވެ.
މި ފަދަ ދޮގު ހަބަރު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މިކަމާ ގުޅިގެން، ރައީސް އޮފީހުން މިމައްސަލަ، މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށް ހީނާ ވަލީދު ވަނީ ހާމަކުރައްވާފައެވެ.
"ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް. އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ވާހަކަ ދަންނަވަން." =ހީނާ ވަލީދު=
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް