ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިނަލްއަޤްވާމީ ފަސް ޖަމްޢިއްޔާއަކަށް ކަނޑައެޅުއްވި ސަފީރުންނަށާއި، ހަތަރު ޤައުމަކަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް ވަނީ ފާސްކޮށްފައެވެ. މި މައްސަލަ ދިރާސާކޮށްފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.
ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ތެރޭގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)، އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ)، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ހިމެނެއެވެ. މީގެ އިތުރުން ސްވިޓްޒަލޭންޑް، ކެނެޑާ، މިސްރު، ކުވައިތު އަދި ބޫޓާނަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް އައްޔަންކުރެއްވިއިރު، އައިރީނާއަށް ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފު ވަނީ ހަމަޖައްސަވާފައެވެ. ޑަބްލިއުޓީއޯއަށް ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އައްޔަންކުރެއްވިއެވެ. އަދި އޯއައިސީގެ ދާއިމީ މަންދޫބަކަށް ސައުދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ހަމަޖެއްސެވިއެވެ.
ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ސްވިޓްޒަލޭންޑަށް ޑރ. ސަލްމާ ރަޝީދު، ކެނެޑާއަށް އެމެރިކާގައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުޙައްމަދު، މިސްރަށާއި ކުވެއިތަށް ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރު އަހުމަދު ސަރީރު، އަދި ބޫޓާނަށް ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ޝިއުނީން ވަނީ ހަމަޖައްސަވާފައެވެ.
މީގެ އިތުރުން "ބަރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވަރކްސް" ގައި ރާއްޖެއިން ބައިވެރިވުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ހުރިހާ ނިންމުމެއްވެސް ފާސްކޮށްފައިވަނީ މަޖިލީހުގައި ވަކިވަކ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް