ފެނަކަ ކޯޕަރޭޝަނުން ހިންގަމުން ދިޔަ ހުރިހާ އައިސްޕްލާންޓެއް މިފްކޯގެ ބެލުމުގެ ދަށަށް ބަދަލުކޮށް ދެ ކުންފުނީގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވްއެވެ.
މިފްކޯ އިން ބުނީ މި އައިސްޕްލާންޓްތައް އަލުން ހިދުމަތް ދޭން ފެށުމަށްޓަކައި ޓެކްނިކަލް އަދި އިންޖިނޭރުންގެ ޓީމުތަކުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މިފްކޯގެ ބެލުމުގެ ދަށަށް ބަދަލު ކުރެވުނު އައިސްޕްލާންޓްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، ގދ. ފިޔޯރީ އަދި ސ. ހިތަދޫގެ އައިސްޕްލާންޓްތައް ހިމެނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި މި އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުން، މިފްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް