ފުވައްމުލަށް ސިޓީ

ފުވައްމުލައް ސިޓީގައި ކައްޓެޅި ބާނަން ނުކުމެ އުޅުނު ލޯންޗަކާއި ބޮއްކުރައެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮއްކުރާގައި އިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެގެން އިމަޖެންސީގައި މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގްގެ ބޭބެ، މުހައްމަދު ރަފީގަށެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގެ ސަބަބުން އޭނާގެ ބޮލަށާއި މޭކަށިގަނޑަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލޯންޗު ޖެހުނީ ބޮއްކުރަލުގެ ދިރުނބާކޮޅުގައެވެ. މި ހާދިސާގައި ބޮއްކުރަލުގެ ދިރުނބާކޮޅު އެއްކޮށްހެން ހަލާކުވެފައިވާއިރު، ބޮއްކުރަލުގައި އިތުރު މީހުން ތިބި ނަމަވެސް އަނިޔާވެފައިވަނީ އެންމެ މީހަކަށެވެ. އެ މީހުން ބުނި ގޮތުގައި، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބޮއްކުރަލުގައި ދިއްލާފައި ހުރި އަލި، ދުއްވާފައި ދިޔަ ލޯންޗަށް ނުފެނުމުގެ ސަބަބުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް