މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އައު ކޮންޓްރެކްޓަރަކާއެކު އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރު ބަދަލުކޮށް، ސައިޓުގައި އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ވިލިނގިލީގެ ބިން ހިއްކުމާއި ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި މަޝްރޫއުގެ ދަށުން 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން މަތީ ފަންތީގެ ރިސޯޓުތަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 500 މިލިއަން އާއި 750 މިލިއަން ޑޮލަރާ ދެމެދުގެ މި ބޮޑު އިންވެސްޓްމަންޓްގެ މަސައްކަތް ފެބްރުއަރީ 2024 ގައި ފަހުމުނާމާއެއްގައި ސޮއިކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މީގެ ކުރިން މަސައްކަތް އޮތީ ކުރިއަށްނުގޮސް މަޑުޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް