ޑެންގީ ހުންޖެހިގެން އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ މ. މުއްޔަށް ނިސްބަތްވާ 17 އަހަރުގެ އާއިޝަތު އަންޖަލް މުމްތާޒެވެ.
އެކުއްޖާ ނިޔާވީ ޑެންގޫ ޖެހިގެން މުލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ތިންދުވަސް ވީފަހުންނެވެ. ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.
މީ ޑެންގީގައި މިމަހުގެ ތެރޭގައި ދެވަނަ މަރެވެ.
މި މަހުގެ 13 ވަނަ ދުވަހުވެސް ށ. މިލަންދޫއަށް އުފަން 22 އަހަރުގެ ފިރިހެނަކު ވަނީ ޑެންގޫ ޖެހިގެން ނިޔާވެފައެވެ.
ހެލްތު މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ މާރިޗުމަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި އަދަދުވަނީ 535 އަރާފައެވެ. އެއީ 2025 ވަނަ އަހަރުގެ މާރިޗުމަހާއި އަޅާ ބަލާއިރު ބޮޑު ތަނުން އިތުރު އަދަދެއްކަން ހެލްތް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.




