ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ހިނގި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 2026 މާޗު 20 ވާ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިފަދަ ނާޒުކު މައްސަލަތަކުގައި ކުޑަކުދިންގެ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން، އަނިޔާ ލިބުނު ކުއްޖާގެ ވަނަވަރާއި، އެ ކުއްޖާ ނިސްބަތްވާ ރަށާއި އަތޮޅު ފަދަ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.




