ރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަން ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އަމިއްލަ ފަރާތެއްކަމަށްވާ އަލީ އާނިމް މުފީދު، އަތަމާވިލާ، ސ. ހިތަދޫއެވެ. އޭނާ ޕެޓިޝަނުގައި ސޮއިކުރަން ހުޅުވާލެވިފައިވަނީ އީފާސް މެދުވެރިކޮށެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ މަދު އާބާދީއެއްގެ ތެރޭގައި މިފަހަކަށް އައިސް ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތަށް ބޭނުންނކޮށްގެން ސޯޝާލް މީޑީޔާގެ އެކި މަންސުތަކުގެ ބޭނުުން ކުރާކަމަށެވެ. އަދި އެކުދިން ކުރާ ކަމެއް ގިނަވަގުތު ބަލާލަން ބެލެނިވެރިންނަށްވެސް ވަގުތެއް ނުވާ ހާލަތްތަކާއިވެސް ދިމާވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ޕެޓިޝަންގައި ވަނީ ސޯޝަލްމީޑިޔާ (ފޭސްބުކް, ޓްވިޓާ), ބޮޑެތި މީހުނަށް ހަދާފައި ހުންނަ ވީޑިޔޯ ޕްލެޓްފޯމްތައް (ޔޫޓީއުބް, ޓިކްޓޮކް) އަދި ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭގޭނޭހެން ޕޯސްޓްކޮށް ހެދޭނެ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ނުވަދެވޭނޭހެން ގާނޫނު އިސްލާހު ކުރުމަށް ވަނީ އެދިފައެވެ. އަދި ޕްލެޓްފޯމް ތަކަށް މިގާނޫނުގައި އެކުލަވާލާ ގަވައިދާއި އެއްގޮތަށް ދިވެހި ދަރީންގެ ސަލާމަތާއި ދުޅަހެޔޮކަމަށް އެންމެ ރަނގަޅު ގޮތަކަށް އަމަލު ކުރާން އެންގުންމަށްވެސް ޕެޓިޝަންގައި އެދިފައިވެއެވެ.
މީގެއިތުރުން ސްކޫލްތަކާއި ކޮލެޖު ތަކުގައި މޯބައިލް ފޯނު ނުވެއްދޭނޭހެން ގަވައިދެއް ހަދައި ފާސްކޮށް، އެއަށް އަމަލު ކުރަން ފެށުމަށްވެސް ޕެޓިޝަންގައިވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


