ބީއެމްއެލް އެމެކްސް ޕްލެޓިނަމް ކާޑު ބޭނުންކޮށްގެން 2 ފަރާތަކަށް ސިންގަޕޫރު އެފް1 ބަލާލުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، މި އަހަރުގެ ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ސިންގަޕޫރު ގްރޭންޑް ޕްރީ ބަލައިލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ބޭންކުން ވަނީ ފަށާފައެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މި ހިނގާ މަހުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާ އެކު މި އަގުހުރި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް ފޯމިއުލާ 1 ސިންގަޕޯ އެއާލައިންސް ސިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އެކްސެސްއާ އެކު އެމެކްސް ސްކައި ސޫޓް ދެ ޓިކެޓް ލިބޭނެއެވެ. މީގެ އިތުރުން ދެ މީހުންގެ ސިންގަޕޫރުގެ ދެކޮޅު ޓިކެޓާއި ހޮޓެލް އެކޮމަޑޭޝަން ވެސް ބޭންކުގެ ފަރާތުން ފުރިހަމައަށް ހަމަޖައްސައިދޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް