މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެތިންގެ އަދަދު1.8 މިލިއަނަށް އަރައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިބުތަކަށް ބަލާއިރު މިއަހަރު މިހާތަނަށް1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފަވާއިރު އޭގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާ މާކެޓުންނެވެ.
އެގޮތުން މިހާތަނަށް 291,573 ފަތުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން 223,857 މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ތިން ވަނައަށް އިނގިރޭސި ވިލާތް އޮތް އިރު، ހަތަރުވަނައަށް އޮތީ ޖަރުމަނު ވިލާތެވެ. އަދި ފަސް ވަނައަށް އޮތީ އިޓަލީ ވިލާތެވެ.
މިއަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުވެރިން ގެނައުމުގެ އަމާޒެއް ހިފާފަވާއިރު، މިދުވަސްވަރު އެވްރެޖުކޮށް ދުވާލަކު ފަސް ހާހެއްހާ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




