ކ. މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމި، މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މޭ 22، 2023 ގައި ފެށި މި މަޝްރޫއަކީ ސަރުކާރުން 82 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 600 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން ބޭރުތޮށި ޖެހުމާއި، ސޭންޑްފިލް ބްރޭކްވޯޓާ ހެދުމާއި، ރިވެޓްމެންޓް އަދި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން އެއްގަމު ތޮށިލުމާއި، ސްކޯރިން އެޕްރޮން ޖެހުމާއި، މޫރިންގ ރިންގާއި ބޮއި ހަރުކުރުމުގެ އިތުރުން އެކްސެސް ޕްލެޓްފޯމާއި، ކޮންކްރީޓް ބްރިޖާއި ޖެޓީ ހެދުން ވެސް ހިމެނެއެވެ.
އަދި މަގުބައްތި ހަރުކުރުމާއި 1,869 އަކަ މީޓަރrest ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.




