އުފަންވުމާއެކު ތުއްތު ކުއްޖަކު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބަލަން ފަށައިފައެވެ.
އެޗްއާރްސީއެމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި، އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން، ކަމުގެ ހަގީގަތް ބެލުމުގެ މަސައްކަތް އެ ކޮމިޝަނުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. އަދި ވިހެއުމާއެކު މަންމައާ ވަކިން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ސަބަބާމެދު ސުވާލު އުފައްދައި، ކަމާބެހޭ އިދާރާތަކަށް ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.




