ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ހާޒިރުވާން އަންގާފައިވަނީ ގދ. ގައްދޫ، ގަސްކަރަ، ޔަޒްދާދު ޤާސިމް (36 އަހަރު) އަށެވެ. އޭނާ ތަހުގީގަށް ހާޒިރުކުރަނީ އެންޓި ސްކޭމް ސެންޓަރުން ބަލަމުންދާ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ޔަޒްދާދު ޤާސިމް (އައިޑީ ކާޑު ނަންބަރު: A299073) އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީ، އޭނާ ހާޒިރުވާން އަންގާފައިވަނީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
އޭނާ ހާޒިރުވާން އަންގާފައިވަނީ 2026 އޯގަސްޓް 14 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.




