ރަހުނުކޮށްފައިވާ ލޯނެއް ދައްކާފައިނުވާތީ ކޯޓު އަމުރެއްގެ ދަށުން މއ. ކުދިމަގޫގެ ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަނެއްކާވެސް ވަނީ ހުޅުވާލާފައެވެ.
މާލޭގައި އިންތިހާއަށް ބިމުގެ ޑިމާންޑް ބޮޑުވެފައިވާއިރު، 830 އަކަފޫޓުގެ މި ބިން ނީލަން ފެށޭ އަގަކީ 11,650,000 (އެގާރަ މިލިއަން ހަލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއެވެ. މި ނީލަމުގައި ބައިވެރިވުމަށް 100,000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭއިރު، ނީލަން ފެށޭ އަގަށްވުރެ ބޮޑު އަގެއް ހުށަހަޅާނަމަ މަދުވެގެން 500,000 ރުފިޔާ އިތުރުކުރަންޖެހެއެވެ.
މި ނީލަމަށް ސިޓީ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. ސުންގަޑި ހަމަވާ ވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާންކުރެވޭނެ ކަމަށް އެމްއައިބީން ބުނެއެވެ.
މީގެ ކުރިން މިދިޔަ ޖުލައި މަހުވެސް މި ގެ ނީލަމުގައި ވިއްކާލަން ހުޅުވާލިއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއައިބީގެ ނަންބަރު 3011138 އަށް ގުޅުމަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް މުއާމަލާތްކުރުމަށް އެ ބޭންކުން އިރުޝާދުދެއެވެ.




